ރ.އުނގޫފާރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލު ކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕީއެސް، ޒީނިޔާ ހަމީދެވެ.

މި މަޝްރޫއުގެ ދަށުން، 120 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 16830.00 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެެެއެވެ.

11.11 މިލިއަން ރުފިޔާގެ މި މަޝްރޫއު، އެމްޓީސީސީއާ ހަވާލު ކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ ފާއިތުވި ތިން އަހަރުގައި އެކުންފުނިން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ.