މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގޭގެ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގީ މ.އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި ކަމަށާއި، ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއަށް ލިބުނު ގެއްލުން ދައްކުވައިދޭ ފޮޓޯއެއް

 

އެ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލާފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.