ރާއްޖެއިން ފެނުބު މެނިންގޯކޮކަލް ކޭސްއާ ގުޅިގެން ކުރަމުން އައި ކޮންޓްރެކްޓްރޭސިންގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ހެލްތު ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެ މަސައްކަތް ނިންމައިލީ މެނިންގޯކޮކަލް އާގުޅޭ ކްލޯސް ކޮންޓެކްޓުން ނުވަތަ ގާތުން އެއްތާވި މީހުންނަށް ބޭސްދިނުމަށްފަހުގައި ކަމަށެވެ. އަދި އޭގެ އިތުރު ކޭސް އެއް ރިޕޯޓު ކޮށްފައިނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ނުރައްކާތެރި ބައްޔެއް ކަމަށްވާ، މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަން ފެށީ ހުސްވި ޖޫން މަހުގެ 25 ގައެވެ.

ނަމަވެސް ބަލި ފެތުރެމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން އޭރު މައުލޫމާތު ދިނެވެ.

އެޗްޕީއޭއިން އޭރު ވަނީ މެނިންގޯކޮކަލިން ބަލީގެ ކޭސްއެއް ފެނުމާ އެކު ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ވެސް ދީފައެވެ.