ހަށިވިއްކަމުން ދިޔަ ބަޔަކު ވެރިރަށް މާލެއިން ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުން ރޭ ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ ތިން އަންހެނެކެވެ.

ފުލުހުން ބުނީ އެއީ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެއް ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.