ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅު އޮތީ މި މަހުގެ 27 އިން 29 އެވެ. މުލަކަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެއީ ރަތްމަންދޫ އާއި މަޑުއްވަރި އާއި ދިއްގަރުގެ އިތުރުން ވޭވަށް އަދި މުއްޔެވެ.

މި ދަތުރުފުޅުގައި މި ރަށްތަކުގައި ހިނގަމުންދާ މަސައްކަތްތައް މަނިކުފާނު ބައްލަވާލައްވާނެއެވެ.

އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަަަަސައްކަތް ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.