އޮޅުވާލައިގެން ފައިސާ ފޭރުމުގެ ގޮތުން ތަފާތު އުކުޅުތައް ބޭނުން ކުރަމުން އަންނައިރު، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން މިވަނީ އެފަދަ މަކަރުވެރިން ޖަހާ އިތުރު މަޅިއަކުން ސަލާމަތްވުމަށްޓަކައި،

Ads by Asuru

އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ނުވަތަ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް އެދި ފޮނުވާ ވެބްސައިޓް ލިންކްތަކާމެދު ސަމާލުވުމަށް އެދިފައެވެ.

ބީއެމްއެލުން އާންމުކޮށް ފޮނުވި މެސެޖްތަކެއްގައި ބުނެފައިވަނީ އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ނުވަތަ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް އެދި ފޮނުވާ ވެބްސައިޓް ލިންކްތަކާމެދު ސަމާލު ވުމަށާއި އެފަދަ ލިންކްތަކަށް ނުފިތުމަށެވެ.

އަދި ބުނީ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް ނުވަތަ އަޕްޑޭޓް ކުރުމަށް އެއްވެސް ލިންކެއް ބޭންކުން ނުފޮނުވާނެ ކަމަށެވެ.