ވިލިމާލެ ފަރަށް އަރާފައިވާ، ތިލަމާލެ ބްރިޖު މަޝްރޫއުއަށް ގެނައި ޕްލެޓްފޯމް ނުނެގިގެން އުޅެނީ ކަނޑު ގަދަ ކަމުން ކަމަށް، ބްރިޖް މަޝްރޫއު ހިންގާ އެފްކޮންސް ކުންފުނިން ބުނެފިއެވެ.

Ads by Asuru

އެފްކޮންސްއިން މިހެން ބުނެފައިވަނީ ދެދުވަސް ތެރޭގައި ޕްލެޓްފޯމް ނަގާނެ ކަމަށް ބުނެ ނުނެގޭތީ އެކަމާ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެފްކޮންސް އިން ނެރުނު ބަޔާނެއްގައިވަނީ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އަދި މޫސުން ރަނގަޅުވެ ކަނޑު މަޑުވިހާ އަވަހަށް އަލުން މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

އެކަމަށް ޓީމުތައް ތިބީ ތައްޔާރަށް ކަަމަށާއި ޕްްލެޓްފޯމް ފުން ކުުރުމުގެ މަސައްކަތް ކުރާނީ ވިލިމާލެ ފަރަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ވިސްނައިގެން ކަމަށެވެ.