އިސްލާމީ ގައުމެއްގެ އެންމެ ޝަރަފުވެރި އަޑަކީ އެ ގައުމެއްގެ މިސްކިތްތަކުން ގޮވާ ބަންގީގެ އަޑު ކަމަށާއި އެހެންވެ ބަންގީގެ އަޑީ އަޑު މަޑުކުރާކަށް ނުޖެހޭ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ބައެއް މިސްކިތްތަކުން ވަރަށް ބަންގި އާއި ނަމާދުކުރާ އަޑު ބޭރަށް މާ ބާރަށް އޮވޭ ގޮތަށް އަމަލުކުރަމުން އަންނާތީ އެކަމުގެ ޝަކުވާތަކެތި ބޭރަށް އަޑު ނީވޭ ގޮތަށް ހަދަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ދެކެވެމުން އައި ވާހަކަތަކާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުރާއި އީދު ފަދަ ނަމާދުތައް ނޫން ނަމާދުތަކުގައި ބައެއް މިސްކިތްތަކުގައި ނަމާދުކުރާ ގަޑި ”ކުޑަކޮށް“ އަޑުމަޑުކޮށްލުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

”އިސްލާމީ ގައުމެއްގެ އެންމެ ޝަރަފުވެރި އަޑަކީ މިސްކިތްތަކުން ގޮވާލެވޭ ބަންގީގެ އަޑު. ބަންގީގެ އަޑު މަޑުކުރާކަށް ނުޖެހޭނެ!“

އިސްލާމިކް މިނިސްޓްރީން ރޭ ރެނުނު ބަޔާނެއްގައި ބުނީ ބަންގި އާއި އާންމު ނަމާދުތަކުގެ އަޑު ބޭރަށް ނީވޭ ގޮތަށް ހަދާކަށް ނާންގާ ކަމަށެވެ. އަދި އެގޮތަށް ސާކިއުލާއެއް ވެސް އެއްވެސް ދިމާއަކަށް ފޮނުވާފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ފަސް މިސްކިތެއްގައި ނަމާދު ކުރާއިރު އަޑު މަޑު ކުރަން އެންގި ކަމަށް، އެ ބަޔާނުގައި ވަނީ އެއްބަސްވެފައެވެ.