އިންޑިއާ އާއި ގުޅިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ތަމްރީން ކުރުމަށް ނިންމުމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު، މިދިޔަ އަންގާރަ ދުވަހު ވަނީ އެެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ފުރުސަތު އިންޑިއާ އިން ފަހިކޮށްދޭނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ބުނެ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން އިންޑިއާ އިން ތަމްރީނުކުރާތީ އެކަމުން ދިވެހިންނަށް ފައިދާވެދާނެ ގޮތަކާ މެދު ސުވާލު އުފައްދަވާފައެވެ. އަދި އިންޑިއާ އަކީ ޝަރުއީ ދާއިރާއިން ބަލާއިރު ދުނިޔޭގައި މާފާހަގަކުރެވޭ ގައުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުން އިންޑިއާއާއެކުގައި ވަރަށް ގާތް ގުޅުމެއް ބާއްވާއިރު، އެކި ކަންކަމުގައި އެގައުމުގެ ސަރުކާރުެ އެހީތެރިިކަން ހޯދައެވެ.