އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ވަޒީފާ އިން ވަކިކުރި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފު އިބްރާހީމް ރާފިއު (ރާއްޕެ) ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

Ads by Asuru

އެނގިފައިވާ ގޮތުގައި ރާއްޕެ ރާއްޖެ ދޫކޮށް ދިޔައީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ. އޭނާ ވެސް އޭގެ ތެރޭގައި ހިމެނޭކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ރާއްޕެ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ބޭނުންވާ ޗިޓު ވެސް ރައްދު ނުކުރެވި ވަނީ އޭނާ އުޅޭ ތަނެއް ނޭނގޭތީއެވެ.

ރާއްޕެ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރު ވުމަށް އަންގައި އިޢުލާން ކުރާ ކަމަށެވެ.

ފުލުހުން ވަނީ ރާއްޕެއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.