ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދިން ދަރިވަރުންގެ އަދަދު 15،000 އަށް އަރާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު އިއްޔެގެ ވަގުތެއްހައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިލޭ ޑިގްރީގެ ފުރުސަތު 15،000 ދަރިވަރަކަށް ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރަން ތައުލީމީ ގާބިލު ދަރިންތަކެއް އުފެއްދުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދާދިފަހުން ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސްޓޫޑެންޓް ލޯނުގެ ދަށުން މި ސަރުކާރުން މިހާތަނަށް 1،986 ދަރިވަރަކަށް ފުރުސަތު ދިން ކަމަށެވެ.