ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ވަނީ އަޑިއަށް މޫލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހަައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ރައީސްގެ ވައުދުތައް ވަނީ އަޑިއަށް މޫލާފައި ކަމަށާއި، އެއީ ”ފަލަމަޑީގެ ބާވަތެއް“ ކަަމަށެވެ.
ރައީސް ސޯލިހު އެތައްހާސް ފްލެޓެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއިރު، އެންމެ ތަނެއްވެސް މައްޗަކަށް ނާރާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
.@ibusolih ge Vaudhu thah vanee Adiah moolaafa eii Falamadee ge baavatheh. E than haas flat eh alhaane kamah ves Vidhaalhuvi enme thaneh ves mahchakah naaraa!!!
— Mohamed Musthafa (@Thimarafushi) August 31, 2022
މުސްތަފާ މިހެން ވިދާޅުވިއިރު، 20،000 އާއިލާއަށް ބޯހިޔާވަހިކަން ދިނުން ފަދަ، ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ގިނަ ވައުދުތަކެއް ރައީސް ސޯލިހު ވެވަޑައިގެންނެވިއެވެ. ނަމަވެސް ވެރިކަަމުގެ ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު، އެއިން އެއްވެސް ވައުދުފުޅެއް ފުއްދަވާދެއްވާފައެއް ނުވެއެވެ.
ދުނިޔޭން ބޭރުގާ ފުލެޓުތައްވެސް އެޅީ، މިގައުމުގާ މިހުންނެވީ އާދައިގެ ރައީސެއްނޫން، ހުރިހާ ކަމެއްވެސް ކުރައްވާނީ ދުނިޔެއިން ބޭރުގާ،
ރައީސް ވެސް އެހުންނެވީ މިހާރު ދުނިޔެއިން ބޭރުވެފާ.