ކުށެއް ނުކުރާ މީހަކު ޖަލަށްލާފައި ނުވާނެ ކަމަށް ކުރީގެ ރައީސް، އަދި އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

”ވީޓީވީ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ

މީހަކު ޖަލަށް ލައިފިއޭ، އަނިޔާއޭ ކިޔުމަށްވުރެ، މީހުން ހޭލުންތެރިވާން ޖެހޭނެ ކަމުގައެވެ. އަދި ގާނޫނުގައި ބުނާ ގޮތުގެ މަތީން މީހަކު ޝަރީއަތަށް ހުށަހަޅައިގެން، ކުށް ސާބިތުވެގެން ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރުމުން ޖަލަށްލުމަކީ އަނިޔާއެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީހުން ކިޔާނީ މީހަކު ޖަލަށްލައިފިއްޔާ އަނިޔާއޭ. އެއަށް ވުރެ ބޮޑަށް ހޭލުންތެރިވާންޖެހޭނެ. ކުށެއް ނުކުރާ މީހަކު ޖަލަށްލައިފިއްޔާ އެއީ އަނިޔާއެއް.“ ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފިނަމަ، އެމީހެއްގެ މައްޗަށް ތަހުގީގު ހިންގޭނެ ކަަމަށެވެ. އަދި ދައުވާކުރާ ފަރާތަށް، އެޓާނީ ޖެނެރަލް ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅޭނެ ކަމަށާއި، އެހުރިހާ ކަމެއްވެސް ހިނގަނީ ގަވައިދުގެ ތެރެއިން ކަމަށެވެ.