މިނީ ބަހުގެ ހިދުމަތް ދިވެހި ރައްޔިތުން ބަލައިގެންފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، ބުރާސްފަތި ދުވަހު އޭނާ ވިދާޅުވީ، މިނީ ބަހުގެ ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ.

އަދި މިދިޔަ ބުދަ ދުވަހު އެކަނިވެސް، މިނީ ބަހުގެ ހިދުމަތް 8024 މީހުން ބޭނުން ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންވީމަ، މި ހިދުމަތް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފިކަން، ހިދުމަތުގެ ބޭނުން ހިފަމުންދާކަން އެނގިގެން މިދިޔައީ.“ މިއުވާން ވިދާޅުވިއެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.

މިނީ ބަސްތައް ދަތުރުކުރާނީ 3 ރޫޓަކުންނެވެ.