އައްޑޫ ސިޓީ ތަރައްގީ ކޮށްދިނީ، އިއްޔެ މަރުވި އިނގެރޭސި ރާނީ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

Ads by Asuru

އައްޑޫ ބަހުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުގެއިލް ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް، އައްޑޫ ސިޓީއަށް ލިބުނު ކުރިއެރުމަކާ ތަރައްގީއެއް ލިބިފައިވަނީ މީގެ ފަންސާސް އަހަރު ކުރިން، އިނގެރޭސީންގެ ފަރާތުުން ކަމަށެވެ.

”ރާނީގެ ފަރާތުން. އޭގެ ފަހުން އައްޑޫއަށް ލިބުނު މާބޮޑު ކުރިއެރުމެއް ނެތް. މިހެން ބުނި ކަމަށްޓަކައި، މަ ވީދައިގެން ކާލާ.“ އޭނާ ވިދާޅުވިއެވެ.

އުގެއިލްގެ މިވާހަކައަށް ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. އުގެއިލް މިފަދަ ވާހަކައެއް ވިދާޅުވިއިރު، ސިޔާސީ ގޮތުން ދިވެހިރާއްޖެ މިނިވަންވެ އައްޑޫސިޓީއިން، އިނގިރޭސީން ފޭބީއްސުރެ މިހާ ހިސާބަށްވެސް އައްޑޫއަށް ހައްގު މިންވަރު ހޯދާ ދެވިފައި ނުވާކަމަށް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯބެވެސް މީގެ ކުރިން ވިދާޅުވިއެވެ.

އިނގެރޭސި ރާނީ އިއްޔެ މަރުވިއިރު އުމުރަކީ 96އެވެ. ރާނީގެ މަރަށްފަހުގައި އޭނާގެ ދަރިފުޅު ޗާލްސް މިހާރު ވަނީ ރަސްކަމާ ހަވާލުވެފައެވެ. އަދި ރަސްކަމުގެ ވާރުތަވެރިޔަކަށް މިހާރު ހުރީ ޗާލްސްގެ ދަރިފުޅު ޕްރިންސް ހެރީއެވެ.