މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި އިތުރުވަމުންދާތީ، ރައްކާތެރިވުމަށާއި ދުރާލައި ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު މި އަހަރު ބަލިޖެހިގެން ރިޕޯޓުކުރަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މި އަހަރުގެ ޖުލައި މަހަށް ވުރެ އޯގަސްޓް މަހު ބަލިޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު އިތުރުވެފައިވެއެވެ. އެގޮތުން ޖުލައި މަހު 322 މީހަކަށް ޑެންގީ ހުން ޖެހިފައިވާއިރު މިދިޔަ މަހު ކޭސްތައް އުޅުނީ 268 ގައެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އެހެންނަމަވެސް އިންފްލުއެންޒާ ޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. ޖުލައި މަހު ޓެސްޓުކުރި 54 މީހުންގެ ތެރެއިން 10 މީހަކު އެމަހުވަނީ ޕޮޒިޓިވްވެފައެވެ.

އޯގަސްޓް މަހު ޓެސްޓުކުރި 111 މީހުންގެތެރެއިން 47 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 77 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލަން ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް އަންނަނީ އިރުޝާދު ދެމުންނެވެ.