އަންނަ އަހަރު އިންޑިއާ އިން އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރު 39.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 2.5 ބިލިއަން ރުފިޔާއަކީ ހިލޭ އެހީއެވެ.
ބަޖެޓުގައި އެކުވެރި ގައުމުތަކުން 2.3 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
މާލީ އިދާރާތައް މެދުވެރިކޮށް 336 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ބަޖެޓުގައި ލަފާކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި 35.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށްދާނެ ކަމަށް ލަފާކުރާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 9.4 ބިލިއަން ރުފިޔާގެ ޑިފެސިޓެކެވެ.

