އަންނަ މަހުގެ ތިންވަނަ ދުވަހާއި 10 ވަނަ ދުވަހުގައި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނު ކޮށްފިއެވެ.
އެ އިދާރާ އިން ބުނީ އެ ދެ ދުވަސް ބަންދު ނަމަވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އިމަރޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނީ ހެނދުނު 8:30 އިން 14:00 އަށެވެ.
އަދި ކިއުބީ އެޕް މެދުވިރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ނެގޭނީ ވެސް ހަމަ އެ ވަގުތުގައި ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އަދި މެޑިކަލް އިމާޖެންސީ ހާލަތްތަކުގައި 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.