ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ގާނޫނީ ވަކީލު، ނާޒިމް ސައްތާރު އެއްބަސްވެއްޖެއެވެ.

Ads by Asuru

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ކަމަށްވާ ނާޒިމްގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއެވެ. ލިވާތު ކުރުމުގެ ދައުވާއެއް ނޫނެނެވެ.

ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ނާޒިމް ވަނީ ދައުވާގައި ހިމެނޭ އެއް ޖިންސުގެ މިހާކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެފައެވެ.

ނާޒިމް އެކަމަށް އެއްބަސްވިއިރު އެ މައްސަލާގައި އިއުތިރާފުން ކުށް ސާބިތުގެ އަލަމްގީރަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ މަހުގެ 31 ގައެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގައިގެން ދައުވާކުރި މީހުންގެ ތެރޭގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދ ނަޝީދު (ކާނަލް) އާއި ކުރުން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއް ރަހުމާން ރަފީއު (ދޮންދިގު) ވެސް ހިމެނެއެވެ.

މި މީސްމީހުންގެ އިތުރުން ވެސް އެތައް ބަޔަކާ އެކީ އަލަމްގީރް ގުޅުން ހިންގާފައިވާ ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި އިއުތިރާފުވެފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެެއް މީހުންގެ ވީޑިއޯތައް ވެސް ލީކްވެފައިވެ އެވެ.