ގދ އަތޮޅު އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ފައްޓަވާ ދެއްވައިފިއެވެ.

Ads by Asuru

މި ރަސްމިއްޔާތުގައި މޭޔަރު ޑރ މުޢިއްޒުގެ އިތުރުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ހުޅުމާލެ ދާއިރާގެ ކައުންސިލާރ އިބްރާހިމް ޝުޖާއު، މެދު ހެންވޭރު ދާއިރާގެ ކައުންސިލާރ އާދަމް ރަމީޒް އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލާރ އިބްރާހިމް އަބޫބަކުރު ވަނީ ބައިވެރިވެ ވަޑައިގަނެފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މާލެ ސިޓީ މެޔާރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިކަހަކަ ކުޅިވަރު ހަރަކާތްތައް ކުރިއަށް އޮތްތާނގައި މާލެ ސިޓީގައިވެސް ބޭއްވުމަށް މިމުބާރާތުން މިސާލު ނަންގަވާނެކަމަށެވެ.