މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި، މަޖީދީ މަގައި ޕާކު ނުކުރެވޭ ގޮތް ހަދާފައިވާއިރު، އިތުރު ޕާކިން ޒޯންތައް ހެދުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

Ads by Asuru

މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕާކިން ޖާގަތައް ހެދުމަށް ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގެ ތެރެއިން، ހ.މިމޯސާ ވިލާގެ ގޯތި ތެރޭގައި 69 ސައިކަލު ޒޯނު ކުރަހާ ނިންމާލާފައިވާ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމާއެކު، މާފަންނު ސަހަރާ ހުންނަ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

މިނީ ބަހުގެ ހިދުމަތަށް ބައެއް މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ޕާކިން ޒޯން ހަދަން ހަމަޖެއްސި ބިންތަކުގެ ތެރޭގައި ހިމެނެނީ ހ. މިމޯސާވިލާ ގޭގެ ބިމުން ތަންކޮޅަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގެ ކައިރިން ތަނަކާއި ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެކެވެ.