ހުޅުމާލެ ފޭސް 1ގެ ރާކަނި ބީޗުގައި މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން، ދިވެހި ފުލުހުން މިއަދު ބުނީ ހުޅުމާލެ ރާކަނި ބީޗްގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މާރާމާރީއާ ގުޅިގެން އުމުރުން 41 އަހަރުގެ ދިވެހެނަކު ހައްޔަރު ކުރިއެވެ. ނަމަވެސް ކޯޓުން ވަނީ އެމީހާ ދޫކޮށްލާފައެވެ.
މި ހާދިސާގެ ވީޑިއޯ އިން ފެންނަނީ ރާކަނި ބީޗުގައި ކާން އިން މީހަކަށް ބޭރުން އައި މީހަކު ހަމަލާދިނުމުން، ރައްދުގައި އޭނާވެސް ހަމަލާދޭ ތަނެވެ.
އެ ދެ މީހުން ހުއްޓުވީ، އެތަނުގައި ތިބި އާންމުންނެވެ.

