ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މިރޭ 7:45 ގައި ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން ވިދާޅުވީ، މި ޖަލްސާގެ މަގްސަދަކީ ރައްޔިތުންނާއެކު ކުރިއަށް-ހަފްތާ 52 ފާހަގަ ކުރުން ކަމަށެވެ.

ރައީސްގެ ވެރިކަމަށް އަހަރެއްވީއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށާއި، ރައްޔިތުންނަށް ފައިދާ ވާނެ މުހިންމު، ގިނަ ނިންމެވުންތަކެއް ނިންމަވައިފައިވެއެވެ.

އެގޮތުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވައިލުމަށް ނިންމެވި ނިންމެވުމާއި،  ވޭޕް މަނާ ކުރަން ނިންމެވި ނިންމެވުމާއި، ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ފޮނުވައިލަން ނިންމެވި ނިންމެވުން ފަދަ ޖެހިލުން ކުޑަ ނިންމެވުންތައް ފާހަގަކުރެވެއެވެ.

ރައީީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް އިއްޔެ ސޯޝަލް މިނިސްޓްރީން ވަނީ ހާއްސަ އާއިލީ ހަވީރެއް ވެސް ބާއްވައިފައެވެ. މި ހަވީރު އޮތީ، ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.