ހުޅުމާލޭގައި ކުޑަކުއްޖަކަށް ޖިންގީ ގޯނާ ކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ހުށަހެޅި އެ މައްސަަލައާ ގުޅިގެން އެކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.