ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ފައިސާ ދިނުމަށް ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ މިއަދު އެ މީހުން ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ތޮލާލް މޫސާ، ދަފްތަރު ނަންބަރު RS9022، ހުސާމް އިބްރާހިމް، ހދ. ކުމުންދޫ، ރަތްބަގީޗާގެހުސައިން ހައިކަލް ނިޔާޒް، ގ. ކަޅިގާރިމާގެ، ކ. މާލެއާ، އާދަމް ޝަރީފް، ހދ. ކުމުންދޫ، ރަތްބަގީޗާގެ، އަހްމަދު ރިޝްފާން، ޅުމާލެ ފްލެޓް 71-01-04 އެވެ.
އެ މީހުން ދޫކޮށްލާފައިވަނީ ބަންދުގައި ހަތް ދުވަހު ބޭތިއްބުމަށްފަހުއެވެ.

