ހުޅުމާލެ ރެޑްބުލް ސްކޭޓް ޕާާކުގެ ތެރޭގައި ބަރަހަނާ ހާލުގައި ހުރި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޕާކު ތެރޭގައި ބަރަހަނާކޮށް ހުރި މީހާގެ ވީޑިއޯ މިއަދު ވަނީ ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ. މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އަދި މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން އެ މުއައްސަސާ އިން ބަލަމުންގެންދާ ކަމުގައި ވެސް އޮފިޝަލު ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދެއްވައިފައެއް ނުވެއެވެ.

 

ި