އިމާމުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ފަށައިފިއެވެ.

މި ޕްރޮގުރާމުގައި 68 އިމާމުން ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫއުގެ ދަށުން މިހައިތަނަށް 19 އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު، 736 އިމާމުން ވަނީ ތަމްރީނު ވެފައެވެ.

އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.