ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަނީ، އިކޮނޮމިކް ރިފޯމް އޮފީހުގެ މަސައްކަތްތައް ހަލުވި ކުރުމަށް ކަމަށެވެ.
އެ އިއުލާނުގައި ބުނީ މަގާމުގެ މަސައްކަތް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ޝާއިއުކޮށްފައިވާނެ ކަމަށެވެ. މިނިސްޓްރީން ވަނީ އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މެއިލްކުރުމަށް ވެސް އެދިފައެވެ.
ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެދިފައެވެ.
އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން ވެސް އެދިފައިވެއެވެ.

