ގަވާއިދާ ހިލާފަށް ކެފޭތަކުގައި އުޅުނު ހަތް ބިދޭސީން އަތުލައިގެންފިއެވެ.

Ads by Asuru

އިމިގްރޭޝަނުން މިއަދު ބުނީ އެ އިދާރާގެ ޓާސްކްފޯހުން އިއްޔެ ހަވީރު މާލޭގައި ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ކެފޭއާއި ރެސްޓޯރަންޓު ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފައިވާއިރު ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން އިމިގްރޭޝަނުން ބުނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުނު 5000 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ.