ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ ”އަވަދިނެތިވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން“ މި މައުޟޫއުގެ މައްޗަށެވެ.
އެއްވެސް ހާލަތެއްގައި ނަމާދު އެޅުމަކީ ސައްހަ ވެގެންވާ ކަމެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ ނަމާދަކީ ރަށުގައި ގާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ކުރާން އަންގަވައިފައިވާ އަޅުކަމެއް ކަމަށެވެ.
އަދި މި އަޅުކަން ނުކުރެވޭނެ ހަމައެކަނި ހާލަތަކީ ތިމާގެ ބުއްދި ފިލައިދިއުން ކަމަށް ވެއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ނަމާދު ނުކުރެވޭނެ ހަމައެކަނި ހާލަތަކީ ތިމާގެ ބުއްދި ފިލައިދިޔުން ކަމަށެވެ.
އެހެންކަމުން އެ މަތިވެރި އަޅުކަމަށް އަހަރެމެން ވަގުތު ހުސްކުރަން ޖެހެނީ ދުނިޔެވީ ގޮތުން ކުރާން ހުރި ހުރިހާ ކަމެއް ނިމުމުން ކުރާ ކަމެއްކަމުގައި އެއްވެސް ހާލެއްގައި ދެކިގެންނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އިންސާނާގެ އަމަލުތަކުގެ ތެރެއިން ގިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާ މެދުގައިކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ ދިވެހީންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ބައެއް ކަމަށެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ، ދުވާލުގެ ގިނަ ވަގުތު ތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބައެއް ކަމަށާއި އެގޮތަށް ދުވާލުގެ ވަގުތުތައް ހޭދަކުރާ އިރު، ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރާން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.