ބިދޭސީންތަކެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފިއެވެ.

Ads by Asuru

މިއަދު އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗްގައި ތިބި އިންޑިއާއަށް ނިސްބަތްވާ ބިދޭސީންތަކެއްގެ މެދުގައި ވަނީ މާރާމާރީއެއް ހިނގައިފައެވެ.

މިކަމުގެ ތެރެއިން، އެ ތަނުގައި އެވަގުތު ހުރި ކުޑަކުއްޖަކަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މިރޭ ބުނީ، މި މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި މީހަކު ހައްޔަރު ނުކުރާކަމަށް ވެސް ބުންޏެވެ.

މައްސަލައާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވިދާޅުވީ، މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗް ސަރަހައްދުގައި މާރާމާރީ ހިންގައި އާންމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ.

އަދި މިކަމުގައި ހިމެނޭ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ވެސް ޝަމްއާން ވަނީ ވިދާޅުވެފައެވެ.