މުޅި ދުނިޔެއިން ވެސް ފެނުނު ކަމަށް މިހައިތަނަށް ރެކޯޑު ކުރެވިފައި ނެތް، އައު މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެއެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓް އިން ބުނީ ރާއްޖޭގެ އަށް ސަރަހައްދަކުން އެ މަސް ފެނުނު ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
އެއީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ އެ މަސް ފެނިފައި ވަނީ 95 މީޓަރާއި 110 މީޓަރާ ދެމެދުގެ ފުންމިނަކުން ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށެވެ.
އެ މަހަށް މިހާރު ވަނީ ނަމެއް ވެސް ދީފަ އެވެ. އެގޮތުން އެ މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ ”ކްރޯމިސް އަބަދަށް“ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ. އެއީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.
އެ ސެންޓަރުން ކުރި އެ މަހުގެ ތަހުލީލުން އެނގޭ ގޮތުގައި އެ މަސް މީގެ ކުރިން ދުނިޔޭގެ އެހެން އެއްވެސް ސަރަހައްދަކުން ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައެއްނުވެއެވެ.

