ގައުމު އޮތީ، ލޯނު ނަގަމުން ނަގަމުން ގޮސް، އަނބިމީހާވެސް ވިއްކާލާ ހިސާބުގައި ކަމަށް ކ.ގުރައިދޫ ކައުންސިލުގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ ”މަވެސް ޕީޕީއެމް“ މިނަމުގައި ރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު އޮތީ ”މަރުވެފައި“ ކަމަށާއި ދިރޭނެ ކަމުގެ އުއްމީދެއްވެސް ނެތް ކަމަށެވެ.

”އަޅުގަނޑުމެންގެ ރައީސް(ރައީސް ޔާމީން) ވިދާޅުވާހެން، ލޯނު ނަގަމުން ނަގަމުން ގޮސް، އަނބިމީހާ ވިއްކާލާ ހިސާބުގައި މި ގައުމު މިއޮތީ. އަޅުގަނޑުމެންނަށް މިއީ އެހާ ސަމާސާ ވާހަކައެއް ނޫން. ނުއުފަންވާ ކުދިންގެ ބޮލުގައިވެސް ދަރަނި އަޅުވާފައި ވަނީ.“ ޔާމީން ވިދާޅުވިއެވެ.

ތިމަންނާމެންނަށް ވެރިކަން ކުރެވޭނެ ކަމަށް ބުނެ، އެކަން ކުރަން ފުރުސަތު ލިބުމުން، މި ސަރުކާރު ވަނީ ފާޑެއްގެ ”ގިރި“އެއްގެ ދަށުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އެއްޖިންސުން ގުޅުން ހިންގި، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް ކުޑަ އަދަބެއް ދިނުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރިހާކުރުފުޅިއަށް ވަގަށް ނަގާ މީހާއަށް ޖަލު ހުކުމެއް އިއްވާއިރު، ލިވާތު ކުރި މީހާ ވަނީ ގޭބަންދު ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.