މާލޭގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވަނީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު، 35، އާއި އދ. މާމިގިލި ބްލޫވިންޑް، ހަސަން ނަސީމް، 31، އެވެ.
އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ބުރުޒުމަގު ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ.

