މާލޭގައި ދެ އަންހެނެއް ގައިގައި އަތްލައި، ޖިންސި ގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ސަންޖަޔާ ކުމާރު (28އ)އެވެ.
އެ މީހާ ދެ އަންހެނެއް ގައިގައި އަތްލައިފައި ވަނީ ރަސްފަންނު ސަރަހައްދުގައެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

