އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި ބޯޓަކުން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި ”ސީމެކްސް“ ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ މީހެއް ކަމަށްވާ ރާޖު ކުމާރު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭގެ ވަގުތެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ރާޖު ކުމާރު ބޯޓުގައި ނެތްކަން އެނގިފައި ވަނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ. އެއީ ފުވައްމުލަކާ އަށް މޭލު ދުރުންނެވެ.

ރާޖު ކުމާރު ހޯދުމުގެ މަސައްކަތް އެންއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.