މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާތީ، ތިން އިދާރާއެއް ހިމެނޭހެން މޫސުމީ ގެއްލުންތަކުން ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި މި ޓާސްކްފޯހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ދިފާއީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ހިދުމަތް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އެވެ.

މި ޓާސްކްފޯހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.

އަދި މާލެއާއި އަތޮޅުތެރޭގައި ވެލި ބަަސްތާ ޖަހައި ޕަމްޕު ސްޓޭޝަން ބޭނުންކުރުމަށް ތައްޔާރަށް ތިބި ކަމަށާއި، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސިފައިންގެ ސަރަހައްދީ ކޮމާންޑް މަރުކަޒުތައް ގާއިމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެވެސް ކަވަރުކުރުމަށް މަސައްކަތްތައް ތަރުތީބުކޮށްފައިވާކަން ފާހަގަކުރައްވައި ހިލްމީ ވިދާޅުވީ، މާލޭގެ ކުޑަކުދިންގެ ބަގީޗާއާއި، ސަލްމާން މިސްކިތް ކައިރި އަދި ރަސްފަންނު ބަގީޗާ ސަރަހައްދުގައި ވެލި ބަސްތާތައް ލިބޭނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް ފުލުހުންވެސް ތިބީ ތައްޔާރަށް ކަމަށެވެ.

އެގޮތުން ވާރޭ ވެހެން ފެށުމާއެކު، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް ދުވަހު، ފުލުހުންގެ މަސައްކަތް ތަރުތީބުވެގެންދާނީ އެގޮތުގެ މަތިން ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ޓާސްކްފޯހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށާއި، މާލެއާއި އަތޮޅުތެރޭގައި ވެލި ބަަސްތާ ޖަހައި ޕަމްޕު ސްޓޭޝަން ބޭނުންކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މިގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސިފައިންގެ ސަރަހައްދީ ކޮމާންޑް މަރުކަޒުތައް ގާއިމުވެފައިވާކަން ހިލްމީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މާލޭގެ ކުޑަކުދިންގެ ބަގީޗާއާއި، ސަލްމާން މިސްކިތް ކައިރި އަދި ރަސްފަންނު ބަގީޗާ ސަރަހައްދުގައި ވެލިބަސްތާ ލިބޭނެ ނިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މާލެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައި ވާތީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި، ވެލި ބަސްތާ ޖެހުމަށް ސިފައިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.