ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރިމަތިލައްވައިފިއެވެ.

އިންތި މިއަދު އެކްސްގައި ވިދާޅުވީ ޑިމޮކްރެޓްސްގެ ރައީސްކަމަށް ކުރިމަތިލާން ހުށަހަޅައި ތަރުޖަމާނުގެ މަގާމުން މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް އިސްތިއުފާ ދެއްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.

ޑިމޮކްރެޓްސްގެ އާ ރައީސް އިންތިހާބުކުރުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެއެވެ.