ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތަށް ގުޅިފަޅު-ތިލަފުށި ޗެނަލް، މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ޗެނަލްތައް މިހާރުވެސް ބަންދުކޮށްފައިވާކަމަށެވެ.
އަދި ކަނޑު އުޅަނދުފަހަރު މި ސަރަހައްދުތަކުން ދަތުރުކުރުން ރައްކާތެރިކަމަކަށް ނުވާތީ، މި ޗެނަލްތަކުން ދަތުރު ނުކުރަން ތަކުރާރުކޮށް އިލްތިމާސްކުރާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް އެ މިނިސްޓްރީން ކުރިން ވެސް އެދިފައިވެއެވެ.
ތިލަމާލެ ބްރިޖް މަސައްކަތަށް ބާޖާއި، ސެލްޕް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މި ދެ ކަނޑުއޮޅީގައި މަސައްކަތްތައް ކުރަމުންދެއެވެ.

