ފުލުހުންގެ ބޭނުމަށް 130 ސީސީޓީވީ ކެމެރާ ގަންނަން، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

ފުލުހުން ކުރި އިއުލާނެއްގައި ތިން ވައްތަރެއްގެ ސީސީޓީވީ ކެމެރާ ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އެއީ، 40 ބުލެޓް ނެޓްވޯކް ކެމެރާ އާއި، 35 މިނީ އައިއާރް ފިކްސްޑް ބުލެޓް ނެޓްވޯކް ކެމެރާގެ އިތުރުން 55 ޑޯމް ނެޓްވޯކް ކެމެރާއެވެ.

އެ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި މަހު 28 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހަޅަން ޖެހޭއިރު، ބީލަން ހުޅުވުން އޮންނާނީ މި މަހު 29 ގައި، އަމީނީމަގު ހުންނަ އިސްކަންދަރު ކޮށި 1ގައެވެ. ބީލަމުގެ ބައިވެރިވުމަށް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.
ފުލުހުން މި ކެމެރާތައް ހޯދަން އިއުލާނު ކުރިއިރު، މާލެ ސަރަހައްދާއި އައްޑޫ ސިޓީގެ މަގުތައްވެސް ފުލުހުން ވަނީ ބަލަހައްޓަން ފަށާފައެވެ.