އުމުރުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ލ. އަތޮޅު ގަމުން އުމުރުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ލ. ގަން، ތުނޑި ރަތްފުސްގެ ހަދީޖާ އަބްދުއްރަހްމާންއެވެ.

ހަދީޖާ ގެއްލިގެން، ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ގެއްލިގެން ހޯދަން ފަށާފައި ވަނީ މިއަދު ހަވީރު 17:45 ގައި ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންވެސް އަންނަނީ ކުރަމުންނެވެ.