ދިވެހިރާއްޖެއިން ސަޢުދީ އަރަބިއްޔާއާއެކު ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

ރާއްޖެއާ ސައުދީ ސަރުކާރާ ދެމެދު، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ 77 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޝާހިދު ސޮއިކުރެއްވިއިރު، ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން އަލް-ސައުދެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ، ދެ ގައުމުގެ މެދުގައި މި ވެވުނު އެއްބަސްވުމުގެ ސަބަބުން، ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް ބުނެފައެވެ. އެ މިނިސްޓްރީން ވަނީ، މި އެއްބަސްވުމާއެކުގައި ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަާް، މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ބުނެފައެވެ.