ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ނިލެންދެ އަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ރިނބުދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަޝްރުއޫގެ މަސައްކަތާ ގުޅޭ ގޮތުންނެވެ.

ރިނބިދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިހާރުވެސް ރިނބުދޫ ކައުންސިލް އިދާރާގެ އިމާރާތް ހުރި ބިމުގައެވެ.

މި ބައްދަލުވުމުގައި ރިނބިދޫ ކައުންސިލް މެންބަރުންގެ އިތުރުން ދ. އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު އާދަމް އަރިހުގައި، ލޯކަލް ގަވަރމަންޓް ޔުނިޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ދ. އަތޮޅު ކޯޑިނޭޓަރ، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ރާޝިދުގެ އިތުރުން ކްލަސްޓަރ ބެލެހެއްޓެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އިނާޒު އަލީ ބައިވެރިވެލެއްވިއެވެ.