ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހއ. ފިއްލަދޫއަށް ކުރެއްވި ދަތުރުފުޅުގައި، ސަރުކާރުގެ “މަގޭ ސޯލާ” ޕްރޮގްރާމްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި ޕްރޮގްރާމަކީ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 750 ގޭބިސީއަކަށް ސޯލާ ޕީވީ ނ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމު އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީލަން ހުޅުވާލުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

