ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 46 ބިދޭސީއަކު ކ. ހުރާ އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެ އިދާރާގެ އޮފިސަރުން ހުރާއަށް ގޮސް ގަވައިދާ ހިލާފަށް އުޅުނު ބިދޭސީން އަތުލައިގަތީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް އެ ރަށުގައި ކުރިއަށް ގެންދިޔަ ރެއިޑްގެ ތެރެއިން ކަމަށެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގައި ސިލްސިލާކޮށް ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 5،400 އެއްހާ ބިދޭސީން ޑިޕޯޓްކޮށްލާފައެވެ.