ސްޓެލްކޯގެ މާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަނިކޮށް އަތުލައިގަތް މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ މާލެ، މާފަންނު، ރޫބީ، ހުސައިން ނިޔާޒް ކަމަށެވެ. އޭނާގެ އުމުރަކީ 36 އަހަރެވެ.

ފުލުހުން އޭނާ އަތުލައިގަތީ މެންދަމު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެނިކޮށް ސީސީޓީވީ ކެމެރާއިން ފެނި ސްޓެލްކޯ އިން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގެއްލުން ދިނުން ފަދަ މައްސަލަތައް މި ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯ މުވައްޒަފުންތަކަކަށް ހަމަލާދީ މާރާމާރީ ވެސް ހިންގާފައިވެއެވެ.