އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުމުން، އިދިކޮޅު ވިއްސިވިހާލިވެފައިވާކަން ފެންނަ ކަމަށާއި، މި ސަރުކާރުގެ ސްޕީޑާއި މިސްރާބު ވެސް ރަނގަޅުކަން ހާމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ވަނީ ”‏ފުދިއްޖެ، ފުނޑިއްޖެ“ މިނަމުގައި ވެރިރަށް މާލޭގައި ރެލީއެއް ފަށައިފައެވެ. 

އެކްސްގައި ސިނާން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ އެއްވުމުގެ އަދަދުން ފެނިގެން ދަނީ ސަރުކާރުގެ މިސްރާބާއި ސްޕީޑްވެސް ހުރީ ރައްޔިތުން ބޭނުންވާ ގޮތަށްކަން ކަމުގައެވެ.

”އަދިވެސް އިދިކޮޅު އޮތީ ވިއްސިވިހާލިވެފައިކަން ފެނިއްޖެއެވެ.“ އޭނާ ވިދާޅުވިއެވެ. 

ރައީސް މުއިއްޒުގެ ސަރުކާރު އޮތީ އަދިވެސް އޮތީ އެކަތިގަނޑެއް ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މިރޭ އެއްވުން ކުރިއަށް ގެންދާއިރު، ފުލުހުން މިކަމަށް ހުރަސް އަޅަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

މިއާހިލާފަށް އެމްޑީޕީގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކަށް ސުލްހަވެރިކަމާއެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އެ އެއްވުންތަކުން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެސް ވެއެވެ.