ސިނަމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓެއްގައި މިއަދު މީހަކު މަރުވެއްޖެއެވެ.
ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި، އެކްސިޑެންޓް ހިނގާފައި ވަނީ ހެނދުނު 8:19 ހާއިރުއެެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވީ ބަންގްލާދޭޝް ފިރިހެނެއް ދުއްވަމުން ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 9:05 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

