ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލަށް އާންމުގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދާ އެ ބިލާ ގުޅޭ ގޮތުން އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށެވެ.

ސަރުކާރުގެ ފަރާތުން  މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލުގައިވަނީ، ގާނޫނު ތަންފީޒުކުރުމަށް ކެމިކަލް ވެޕަންސް ޔުނިޓްގެ ނަމުގައި ޔުނިޓެއް އުފެއްދުމަށެވެ.

އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލައި ފާސްކުރަންޖެހޭ ފެސިލިޓީތައް ބަލައި ފާސްކުރުން ހިމެނެއެވެ.

މި ޔުނިޓްގެ ބާރުތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް އެތެރެކޮށް ނުވަތަ ބޭނުންކުރަމުންދާ ތަކެތި ބޭނުންކުރުން މަނާކުރުމާއި، އެ ތަކެތި ނައްތާލުމަށް އެންގުމާއި ނައްތާލުން ހިމެނެއެވެ.

މި ބިލުގައިވަނީ ކެމިކަލް ލައިސަންސް ދޫކުރުމާ ގުޅޭ އުސޫލުތަކާއި ބަލައި ފާސްކުރެވޭނެ ގޮތްތައް ބަޔާންކޮށްފައެވެ.