އިއްޔެ މެންދުރު ފަހު އަލިފާނުގެ ހާދިސާއެއް ހިނގި މ. ވީނަސްގޭގެ ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިބާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެތަނުން ބުނީ ހާދިސާ ހިނގި ގޭގެ އާއިލާގެ ތިން މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށެވެ.
އިއްޔެ މެންދުރު 13:38ގައި ރިޕޯޓު ކުރި އެ ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓްގެ ބަދިގެ ވަރަށް ބޮޑަށް އަދާފައިވާ އިރު، ސިޓިން ރޫމަށް ވެސް ބޮޑެތި އެކި ވަރުގެ ގެއްލުންތައް ލިބުނެވެ.
އަލިފާން ރޯވީ ވީނަސްގޭގެ 7 ވަނަ ފަންފިފިލާގައެވެ.

